ދިވެހިރާއްޖެ
ފެލިދޫ މެޖިސްޓްރޭޓްކޯޓް ޢިމާރާތްކުރާ ބިމުގެ ރުއްގަސް ކަނޑައި ބިން ސާފުކުރުމާއި، ވަށާފާރު ރޭނުން.
މި ކޯޓުގެ އައު ޢިމާރާތެއް އެޅުމަށްޓަކައި މިރަށުން ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަސް ކަނޑައި ބިން ސާފުކުރުމާއި, އެ ބިމުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު: J03C/2015/03ފ(4 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އަންދާސީހިސާބު ބާޠިލުކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް އަންދާސީހިސާބާއެކު މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ހާޒިރުވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅަންޖެހޭ ބައްދަލުވުމަށް އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނޭވާހަކަ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އެއްފަރާތުން 1 އަންދާސީހިސާބަށްވުރެ ގިނަ އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
ކުންފުނިތަކުގެފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެ ކުންފުނީގެ ލިޔުމަކާއެކު ފޮނުވުން އެދެމެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތަކުގައި ހިމަނަންޖެހޭ މައިގަނޑު މަޢުލޫމާތު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
5 ރަމަޟާން 1436