ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)195-A/195/2024/39
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 17 އޮކްޓޫބަރު 2024 11:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ ކޮންފަރެންސް ސިސްޓަމް އަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޮމިޝަނުގައި މިހާރު ބޭނުންކުރަމުންދާ ކޮންފަރެންސް ސިސްޓަމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ ނަންބަރ (IUL)195-A/195/2024/33 (24 ސެޕްޓެންބަރު 2024) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބަކީ ޝަރުތު ހަމަވާ އަންދާސީ ހިސާބެއް ކަމަށް ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ކޮމިޝަންގެ ކޮންފަރެންސް ސިސްޓަމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 17 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 15 އޮކްޓޯބަރު 2024 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

05 ރަބީޢުލްއާޚިރް 1446

08 އޮކްޓޫބަރު 2024