މަސައްކަތް
ނަންބަރު: (IUL)426-EB/1/2015/63
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 29 ޖޫން 2015 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ފޭދޫ އަވަށުގައި އަލަށް ޢިމާރާތް ކުރެވިފައިވާ އޮފީސް ޢިމާރާތަށް ބަދަލުގެނައުން

އައްޑޫސިޓީގެ ފޭދޫ އަވަށުގައި އަލަށް ޢިމާރާތް ކުރެވިފައިވާ އޮފީސް ޢިމާރާތަށް ބަދަލު ގެނައުން

އައްޑޫސިޓީ ފޭދޫއަވަށުގައި އިމާރާތް ކުރެވިފައިވާ އޮފީސް އިމާރާތަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވެގެން މި އިދާރާއިން ކުރެވުނު ނަންބަރު IUL)426-EB/1/2015/63) އާ ގުޅިގެން ހުށަހަޅާފައިވާ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެނޭނެވާހަކަ ދެންނެވީމެވެ.

29 ޝަޢުބާން 1436

16 ޖޫން 2015