ޢާންމު މަޢުލޫމާތު
ނަންބަރު: MTDC/2013/CR/IUL-202
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 14:25
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އިސްތިޢުފާ ދިނުން

މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަދި ސަރުކާރުން އައްޔަން ކުރައްވާފައިވާ ޑިރެކްޓަރު އަލްއުސްތާޛު ފަޞީޙް ޒާހިރު (ގއ. ދާންދޫ/ސީސަންގެ) 25 މާޗް 2013 ވަނަ ދުވަހު މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުގެ މަސްއޫލިއްޔަތުން އިސްތިޢުފާ ދެއްވުމަށް ސަރުކާރަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިޢުފާ ގަބޫލުކުރައްވައި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުގެ މަސްއޫލިއްޔަތުން އަލްއުސްތާޛު ފަޞީޙް ޒާހިރު 4 އޭޕްރިލް 2013 ވަނަ ދުވަހުން ފެށިގެން ވަކިކުރައްވާފައިވާކަން މިކުންފުންޏަށް ސަރުކާރުން ވަނީ އަންގަވާފައެވެ.

ވީމާ އަލްއުސްތާޛު ފަޞީޙް ޒާހިރު (ގއ. ދާންދޫ/ސީސަންގެ) މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމުންނާއި އަދި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުގެ މަސްއޫލިއްޔަތުން 4 އޭޕްރިލް 2013 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ވަކިކުރައްވާފައިވާކަން އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2013