މުބާރާތް
ނަންބަރު: MBA/IUL/2024/16
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 18:56
ސުންގަޑި: 24 އޮކްޓޫބަރު 2024 00:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – ސްކޫލް އެޑިޝަން

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 5 ނޮވެމްބަރ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – ސްކޫލް އެޑިޝަން" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ މިއެސޯސިއޭޝަން އަށް އީމެއިލް، [email protected] އަށް އީމެއިލް ކޮށް ދެއްވުން އެދެމެވެ. އަދި ޓީމްލިސްޓް ފޯމް، 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަން އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

ހުރިހާ ސްކޫލް/މަދަރުސާ އަކުންވެސް ދެވިފައިވާ ސުންގަޑިތަކައް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއްދެއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް ސްކޫލްއެއްގެ ރެޖިސްޓްރޭޝަން ފޯމް އަދި ޓީމްލިސްޓް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

އުމުރުފުރާތައް:

ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – ސްކޫލް އެޑިޝަން

13 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 14 އަހަރު ނުފުރޭ ކުދިން

15 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 16 އަހަރު ނުފުރޭ ކުދިން

17 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 18 އަހަރު ނުފުރޭ ކުދިން

19 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2024 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 20 އަހަރު ނުފުރޭ ކުދިން

 
 
 
 
07 އޮކްޓޫބަރު 2024