ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 7/2010) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ " ހއ. އަތޮޅު ލޯކަލް އޮތޯރިޓީ އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 މަޤާމު  | 
 މުސާރަ އާއި އެލަވަންސް  | 
 އަދަދު  | 
| 
 މިނިވަން ޑިރެކްޓަރު  | 
 ބޯޑު ބައްދަލުވުމުގެ ސިޓިންގ އެލަވަންސް: 500.00 (ފަސް ސަތޭކަ) ރުފިޔާ  | 
 1  | 
ސިޓިންގ އެލަވަންސް ލިބޭނީ އެޖެންޑާ ކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 500.00 ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 ބައްދަލުވުމަށެވެ. މިގޮތަށް އެލަވަންސް ދެވޭނީ ކައުންސިލްތަކުގެ ބޭރުން ނެގޭ ބޯޑު މެންބަރުންނަށެވެ.
ހއ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" )ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް:
| 
 މިނިވަން ޑިރެކްޓަރު  | 
||
| 
 ޝަރުތުތައް  | 
 ތައުލީމާއި ތަޖުރިބާގެ ޝަރުތުތައް  | 
|
| 
 (ހ)  | 
 މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، 4 (ހަތަރު) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ  | 
|
| 
 (ށ)  | 
 ވިޔަފާރި ހިންގުން ނުވަތަ ހިންގުމުގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
|
| 
 އެހެނިހެން ޝަރުތުތައް  | 
||
| 
 (ހ)  | 
 އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ އަދި 55 އަހަރު ފުރިފައިނުވާ ދިވެއްސަކުކަމުގައިވުން  | 
|
| 
 (ށ)  | 
 ބުއްދި ސަލާމަތުން ހުރުން  | 
|
| 
 (ނ)  | 
 ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.  | 
|
| 
 (ރ)  | 
 ޖިނާޢީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.  | 
|
| 
 (ބ)  | 
 މި ޝަރުތުތަކުގެ މާއްދާ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.  | 
|
| 
 (ޅ)  | 
 އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.  | 
|
| 
 (ކ)  | 
 ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.  | 
|
| 
 (އ)  | 
 ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.  | 
|
| 
 (ވ)  | 
 ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި، ކައުންސިލްގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.  | 
|
| 
 (މ)  | 
 ވޭތުވެދިޔާ 2 (ދޭއް) އަހަރުގެ ތެރޭގައި ކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.  | 
|
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފައިވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (2022/221/01އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ހއ.އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 2024 އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ، ނުވަތަ [email protected] އީމެއިލް އަށް ހުށަހެޅުއްވުން އެދެމެވެ.
ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލައްވާ ފަރާތްތައް، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އެކުލަވާލާ ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.