މަސައްކަތް
ނަންބަރު: GS-184/IUL/2015/14
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 25 ޖޫން 2015 11:00
ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
5 ފާޚާނާ މަރާމާތުކުރުމާ ގުޅޭ

މި ސްކޫލުގެ 5 ފާޚާނާ މަރާމާތުކުރުމާ ގުޅޭ

މި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރަމުންގެންދާ ފާޚާނާތައް މަރާމާތުކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-184/IUL/2015/12ފ(12 މޭ 2015) އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ވީމާ، މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ
  • އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީ
  • އަންދާސީހިސާބު ފޯމު

އަދި މިނޫންވެސް މުހިންމު ހުރިހާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ފޯމު ސްކޫލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800744 އާ ގުޅުއްވުން އެދެމެވެ.

28 ޝަޢުބާން 1436

15 ޖޫން 2015