ބީލަން
ނަންބަރު: (IUL)278/278/2024/40
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި:
07 ނޮވެންބަރު 2024 11:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަރުދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށްދޫކުރުން
- މިރަށު ބަނދަރު ސަރަހައްދުން ތިރީގައިވާ ވިޔަފާރި ބޭނުންތަކަށް 20 އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ނެންގެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ބިން ކުއްޔަށްދޫކުރެވޭ ބޭނުންތަކާއި ސަރަހައްދުގެ ބޮޑުމިން:
ސްލޮޓް ނަންބަރު |
ކުއްޔަށްދޫކުރެވޭ ބޭނުން |
ސަރަހައްދުގެ ބޮޑުމިން |
1 |
ރީޓެއިލް ވިޔަފާރިކުރާ ފިހާރައެއް ހަދައި ހިންގުމަށް |
2500 އަކަފޫޓް |
2 |
ކެފޭ ނުވަތަ ރެސްޓޯރެންޓެއް ހަދައި ޚިދުމަތްދިނުމަށް |
2500 އަކަފޫޓް |
3 |
ލުއި ބުއިންތަކާއި ލުއި ކާބޯތަކެތީގެ ބާވަތްތައް ވިއްކުމަށް |
224 އަކަފޫޓް |
4 |
ގުދަން ހެދުމަށް |
2184 އަކަފޫޓް |
5 |
ގުދަން ހެދުމަށް |
3096 އަކަފޫޓް |
- މަތީގައިވާ ކޮންމެ ޚިދުމަތެއް ދިނުމަށް ބިން ކުއްޔަށް ނެންގެވުމަށް ބީލަން ހުށަހަޅަންޖެހޭނީ ވަކި ބީލަމެއްގެ ގޮތުގައެވެ.
- މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 2024 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކްޓޫބަރު 22 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެންބަރު 07 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
- މި ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ނަރުދޫ
ދިވެހިރާއްޖެ
ފޯން: 6540049
އީމެއިލް: [email protected]
07 އޮކްޓޫބަރު 2024