ބީލަން
ނަންބަރު: (IUL)245-MIM/245/2024/80
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 17 އޮކްޓޫބަރު 2024 10:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ހިޔާ އޭސީ ހޯލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އިޖުތިމާޢީ ހިޔާ އޭސީ ހޯލު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)245-MIM/245/2024/77 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏07‏ އޮކްޓޯބަރ‏ 2024 އިން ‏16‏ އޮކްޓޯބަރ‏ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއަދާރާއަށް ވަޑައިގެން ރަޖިސްޓްރީވުން ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/2hHjJeFMNv

މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏15‏ އޮކްޓޯބަރ‏ 2024‏، ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501005 އަށް ގުޅުއްވުން އެދެމެވެ.

3. މަސައްކަތާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް (ޕްރިބިޑް މީޓިންގ) ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ.

4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏17‏ އޮކްޓޯބަރ‏ 2024‏، ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5. ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

07 އޮކްޓޫބަރު 2024