ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298/298/2024/74
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 15 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ.

އިޢުލާން

 

މުވައްޒަފުން ބޭނުންވެއްޖެ.

 

މި އިދާރާގެ ދަށުން ކުރިއަށް ގެންދާ ވޭސްޓް މެނޭޖްމަންޓްގައި މަސައްކަތް ކުރާނެ މަސައްކަތު މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 

  • މަޤާމް:              މަސައްކަތު (ވަގުތީ)
  • މަޤާމުގެ މުއްދަތު :       1 (އެކެއް) އަހަރުދުވަސް
  • މުސާރަ :             3100ރ (މަހަކު)
  • ސަރވިސް އެލެވަންސް :   2900ރ (މަހަކު)
  • ރިސްކު އެލަވަންސް :     500ރ (މަހަކު)
  • މިނިމަމް ވޭޖް އެލެވަންސް:  1217ރ (މަހަކު)
  • މަސައްކަތު ގަޑި:        ހުކުރުދުވަސް ފިޔަވައި، ހަފްތާގެ 6 ދުވަހު ހެނދުނު 6:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު މަސައްކަތު ގަޑިއަކީ 2 ގަޑިއިރެވެ. އަދި ހަމަޖެހިފައިވާ މަސައްކަތު ގަޑީގެ އިތުރުން،  ކުރާމަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި ލިބޭނެއެވެ.

 

  • މަޤާމުގެ ޝަރުޠު :      
  1. މަސައްކަތް ކުރުމުގެ ޖިސްމާނީ ކުޅެދުންތެރިކަން ހުރުން.
  2. ޢުމުރުން 65 އަހަރު ވެފައިވާ މީހެއްކަމުގައި ނުވުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން.

 

 

  • މައިގަނޑު މަސްޢޫލިއްޔަތުތައް:

ކުނި މެނޭޖުކުރުމުގެ ގޮތުން، ރަށުތެރެއާއި، ވޭސްޓް މެނޭޖުމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

  • ·      ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. މަސއްކަތާ ގުޅުންހުރި ތަޖުރިބާ އަންގައިދޭ ލިޔުންތައް.
  5. ލިބިފައިވާ އެހެނިހެން ސެޓްފިކެޓްތައް.

 

  • މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް: މި މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ.

 

  • ·      މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
  1. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޫބަރު 2024 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
  2. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

  • އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ އަލިފުށީ ކައުންސިލްގެ އިދާރާ ގައެވެ. އިންޓަވިއު ބާއްވާނެ ތާރީޚާއި ގަޑި ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

04 ރަބީޢުލްއާހިރު 1446

07 އޮކްޓޫބަރު 2024