ނީލަން
ނަންބަރު: (IUL)382-CA/382/2024/51
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 14 އޮކްޓޫބަރު 2024 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބުރުނީ ރައްޔިތުންގެ ތެޔޮ ފިހާރަ ސަރަހައްދުގައި ހުރި ތެޔޮއަޅާ ޓޭންކްތައް ނީލަން ކިޔުން

                 ބުރުނީ ރައްޔިތުންގެ ތެޔޮ ފިހާރަ ސަރަހައްދުގައި ހުރި 7 (ހަތެއް) ތެޔޮ އަޅާ ޓޭންކް ނީލަން ކިޔުން 14 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު އޮންނާނެއެވެ.

                 ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޫބަރު 2024 ވާ ހޯމަދުވަހުގެ 13:00 އަށް ބުރުނީ ސިއްކަތަކުރުފާން މައިޒާނަށް ވަޑައިގެން ދެއްވުން އެދެމެވެ.

                 ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓޭންކްއެއް ވަކިންނެވެ. ނީލަން ފެށޭ އަގަކީ ޓޭންކައަކަށް  -/2500 (ދެހާސް ފައްސަތޭކަ) ރުފިޔާއެވެ. ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/500 (ފައްސަތޭކަ) ރުފިޔާއެވެ.

                 ނީލަން ކާމިޔާބު ކުރާތާ 2 ދުވަސް ތެރޭގައި ބުރުނީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި 3 ދުވަސް ތެރޭގައި ނީލަންކީ ސަރަހައްދުން ނަގަންވާނެއެވެ. އަދި އެންމެ މަތީ ނީލަން ހުށަހެޅި ފަރާތުން ނީލަމަށް ވާ ފައިސާ، މުއްދަތަށް ނުދައްކައިފިނަމަ، ދެން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަކަށް ފައިސާ ދައްކާ މުދާ ގެންދިއުމުގެ ފުރުޞަތު ދެވޭނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 އޮކްޓޫބަރު 2024