ޢާންމު މަޢުލޫމާތު
ނަންބަރު: 480/IUL/2024/67
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި:
13 އޮކްޓޫބަރު 2024 23:59
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފްތަރު މި އިޢުލާނާއެކު ޢާންމުކޮށްފީމެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ވަގުތީ ދަފުތަރާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، އެ ޝަކުވާއެއް ތިރީގައިވާ ލިންކުގައިވާ ފޯމު މެދުވެރިކޮށް، 13 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ޝަކުވާ ފޯމުގެ ލިންކް: https://forms.gle/ygHcdXTxUzwrZGbo7
07 އޮކްޓޫބަރު 2024