ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2024/23
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 27 އޮކްޓޫބަރު 2024 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ބިންތަކާއި، ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ދުވާރު މަތީގައި ބަހައްޓާ އަދި އުކާލާފައިވާ ތަކެއްޗާއި، ގޯތިން ބޭރު އިންފާރު ކައިރީ އިންދާފައި ހުރި ގަސްތަށް ނެގުމަށް އެންގުން

މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބައެއް ބިންތަކާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ދުވާރު މަތީގައި ބައެއްފަރާތްތަކުން ކުނީގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތަށް ދިގުމުއްދަތަށް ތަކެތި ބަހައްޓާ އަދި އިންފާރު ކައިރީ ގަސް އިންދާ ޖޯލިފަތި ފަދަ ތަކެތި ބަހައްޓާފައި ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބިންތައް، ސާފުކޮށް ބެލެހެއްޓުމަށް ދަތިވެއެވެ. އަދި ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ދުވާރުމަތީގަޔާއި ފާރުކައިރީ ތަކެތި ބަހައްޓާ، ގަސްއިންދާ އަދި ޖޯލިފަތި ބަހައްޓާފައި ހުރުމުގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި، ދުއްވާ ތަކެއްޗަށް، އުނދަގޫވަމުންދާތީ، އެކަމުގެ ޝަކުވާތައް މިކައުންސިލަށް ދަނީ ލިބެމުންނެވެ.

ވީމާ، މިކައުންސިލުގެ ފަރާތުން ސާފުކޮށް ބަލަހައްޓަމުން ގެންދާ ބައެއް ބިންތަކާއި، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިގޯތީގެ މަގުފަޅިއަށްވާގޮތަށް ދުވާރު މަތީގައި ކުނީގެ ގޮތުގައްޔާއި އެހެނިހެން ގޮތްގޮތަށް ދިގުމުއްދަތަށް ބަހައްޓާފައިވާ ތަކެއްޗާއި، އިންފާރު ކައިރީ އިންދާފައިހުރި ގަސްގަހާއި، ބަހައްޓާފައިހުރި ޖޯލިފަތި ފަދަ ތަކެތި މިއަދުން ފެށިގެން 20 ދުވަހުގެ ތެރޭގައި ނަންގަވާ ސާފުކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެތި މިކައުންސިލުން ނަގާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތުން ތަކެތި ނެގުމުގައި އެތަކެއްޗަށް ލިބޭ ގެއްލުމަށް މިކައުންސިލުން ޒިންމާ ނުވާނެ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް ނެގޭތަކެތި އަނބުރާ ދޫކުރެވޭނީ އެކަމަށް ހިނގި ޚަރަދު މިކައުންސިލަށް ދެއްކުމުން ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

07 އޮކްޓޫބަރު 2024