މަސައްކަތް
ނަންބަރު: (IUL)240-CA/240/2015/46
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 23 ޖޫން 2015 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުއްވުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ރޭމްޕް ހެދުން

މިއިދާރާއިން އޭ ޒޯންގެ ލައިސަންސް ދޫކުރުމަށް ޢަމަލީ ޓެސްޓް ދިނުމަށް ބޭނުންވާ ރޭމްޕް ހެދުމުގެ މަސައްކަތް މިއިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2015 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2015 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

27 ޝަޢުބާން 1436

10 ޖޫން 2015