ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/094
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:43
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ނައިބު ރައީސާ އިސްތިއުފާ ދިނުމާ ގުޅޭ

މިރަށު އ.ތ.މ ކޮމިޓީގެ ނައިބު ރައީސާގެ މަޤާމުގައި ހުންނެވި މި ރަށު ފެހިވިނަ އަލްފާޟިލާ މުރުޝިދާ ވަނީ ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށް އެދި 2024 އޮކްޓޫބަރު 02 ވީ ބުދަ ދުވަހު ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ހުށަހަޅުއްވާފައެވެ.

ކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ގައުމީ އިދާރާތަކާއި އެކު މި ދަނީ ކުރަމުންނެވެ. މި ފުރުޞަތުގައި އެކަމަނާ ކޮމިޓީގެ ނައިބު ރައީސެއްގެ ގޮތުން ކުރެއްވި ޚިދުމަތަށް ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

07 އޮކްޓޫބަރު 2024