ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2024/72
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 16 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ބައިނަލް އަޤްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމާއިބެހޭ

       މިއަހަރުގެ ބައިނަލް އަޤްވާމީ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ފަރެސްމާތޮޑާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިންތިޒާމު ކޮށްގެން ކާބޯތަކެތީގެ މައުރަޒަކާއި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

        ވީމާ، މި މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 16 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މަޢުރަޒުގައި ބައިވެރިވުމަށް އެދި ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

      07 އޮކްޓޯބަރ 2024 ވާ ބުދަދުވަހުގެ 09:00 އިން ފެށިގެން މަޢުރަޒުގައި ބައިވެރިވުމަށް  ހުށަހަޅަންޖެހޭ ފޯމް  ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.

މައުރަޒާއި ގުޅިގެން އިތުރު މަޢުލޫމާތު  ހޯދުމަށް ގުޅުއްވާނީ 7625569 ނަންބަރ އަށް ކަމުގައި ދެންނެވީމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 އޮކްޓޫބަރު 2024