ދިވެހިރާއްޖެ
އިޢުލާން
ލޭބަރފޯސް ސާރވޭ 2024-2025 ގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން
މިބިއުރޯގެ ފަރާތުން މާލެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ "ލޭބަރފޯސް ސާރވޭ 2024-2025" ގައި ހަރަކާތްތެރިވުމަށް 12 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސާރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 21 – 24 އޮކްޓޯބަރ 2024އަށް ތަމްރީނެއް ކުރިއަށްގެންދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސާރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސާރވޭގެ މުއްދަތުގައި މަހަކު އެއްފަހަރު ހަފްތާއަކު 06 ދުވަހު ފީލްޑް މަސައްކަތް ތިރީގައި ދެވިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާނެއެވެ.
27 އޮކްޓޯބަރ – 2 ނޮވެމްބަރ 2024 |
އޮކްޓޯބަރ 2024 |
24 – 30 ނޮވެމްބަރ 2024 |
ނޮވެމްބަރ 2024 |
15 – 21 ޑިސެމްބަރ 2024 |
ޑިސެމްބަރ 2024 |
12 – 18 ޖެނުއަރީ 2024 |
ޖެނުއަރީ 2024 |
9 – 15 ފެބްރުއަރީ 2024 |
ފެބްރުއަރީ 2024 |
9 – 15 މާރިޗް 2024 |
މާރިޗް 2024 |
- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ (މިއެލަވަންސް ދެވޭނީ ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)
- ފީލްޑް، ކޯޑިންގ އަދި ޑޭޓާ ޕްރޮސެސިންގ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500ރ
- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/20ރ
މިގޮތުން، މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/X3zpWS6Lmrdukrjf9 އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 14 އޮކްޓޯބަރ 2024ގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.
…………………………………………………………………