ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީގެ ފަރާތުން ހިންގަމުންގެންދާ ކ.މަނިޔަފުށީގެ އެކިއެކި ދަތުރުތަކުގައި ބޭނުންކުރަމުންދާ "އޮނުހުރި" ލޯންޗް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)30-A2/30/2015/15) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 2 ފަރާތުން ހާޒިރުވެފައިވާތީ، މިއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުމަށް ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.