މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/197
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 25 ޖޫން 2015 12:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބ. ތުޅާދޫ ސްކޫލުގެ 6 ކްލާސްރޫމުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބ. ތުޅާދޫ ސްކޫލުގެ 6 ކްލާސްރޫމުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ  12:30

2 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ  12:30

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.

27 ޝަޢުބާން 1436

14 ޖޫން 2015