މަސައްކަތް
ނަންބަރު: (IUL)226-H/226/2024/26
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:07
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގެ ތަމްރީނު ހޯލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މިއިދާރާގެ ނަންބަރ 2024/25 (‏24 ސެޕްޓެމްބަރ 2024) އިޢުލާނުގައިވާ ހދ އަތޮޅު ކައުންސިލްގެ ތަމްރީނު ހޯލުގެ ފުރަތަމަ ފޭސްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަން ހުށަހަޅަންޖެހޭ ތާރީޚްވަނީ ފަސްކުރެވިފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ-ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

30 ސެޕްޓެމްބަރު 2024 (ހޯމަ)

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

01 އޮކްޓޯބަރ 2024 (ބުރާސްފަތި)

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

01 އޮކްޓޯބަރ 2024 (ބުރާސްފަތި)

11:00

ބީލަންތައް ހުޅުވުން

09 އޮކްޓޯބަރ 2024 (ބުދަ)

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521646 ، 6521692 ނުވަތަ 6521637 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv ގައި 24 ސެޕްޓެމްބަރ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

06 އޮކްޓޫބަރު 2024