ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ މަރާމާތާ ގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ސްކޫލުގެ ނަންބަރު 10/2015/އެމް.އެސް އިޢުލާނާ ގުޅިގެން އަގު ހުށަހެޅި ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ބައެއް މުހިންމު މަޢުލޫމާތުތައް ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން ކޮލިފައިވާ ފަރާތްތައް މަދުވުމުން އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
2 ފާޚާނާބަރީގެ މުށި ކޮށައި އެކިކަހަލަ މަރާމާތުކޮށް މުށިޖެހުން.
ކުރިބޯށި އިމާރާތުގެ މަރާމާތާއި ކުލަލުން
ދާރުލްޢުލޫމުގެ މަރާމާތު
ދާރުލްޢުލޫމުގައި ކުލަލުން
ސައިކޮޓަރިއަކާއި މުވައްޒަފުން ތިބޭނެ ތަނަކާއި ފާޚާނާއެއް ހެދުން
މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2015ވާ ހޯމަދުވަހުގެ 10:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2015 ވާ ބުދަ ދުވަހުގެ 10:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.