ވަޒީފާގެ ފުރުޞަތު
ނަންބަރު: TCL-HR/IUL/15/09
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 25 ޖޫން 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ

މަޤާމު: ސިވިލް އިންޖިނިއަރ

ބޭނުންވާ އަދަދު: 01 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑްއޮފީސް/ މާލެ

ސެކްޝަން: ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް/ޕްރޮޖެކްޓްސް

މަޤާމުގެ ޝަރުޠު:

  • ސިވިލް އިންޖިނިއަރގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން.
  • ޕްރޮޖެކްޓްސް މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ޕްރޮޖެކްޓްސްތަކުގެ އިންޖިނިއަރިންގ ޑިޒައިން ކުރުމާއި އަދި ޕްރޮޖެކްޓްސް ޑޮކިއުމަންޓް ތައްޔާރުކުރުން.
  • ޕްރޮޖެކްޓްސްއަށް ހިނގާނެ ޚަރަދުތައް އަންދާޒާކުރުމާއި އަދި މަސައްކަތް ކުރިއަށްގެންދާނެ ތާވަލް އެކުލާވަލުން.
  • ކޯޕަރޭޝަންގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓަށް އިންޖިނިއަރިންގ ލަފާ ދިނުމާއި އަދި ދިމާވާ މައްސަލަތަކުގައި ހައްލު ހޯދައިދިނުން.
  • ކޯޕަރޭޝަންގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ކުރިއަށްގެންދާ އެންމެހައި ޕްރޮޖެކްޓްތައް ކުރިޔަށްގެންދިއުމުގައި އެހީތެރިވުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑެންސް އެލަވަންސާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚު:

25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 15:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށަހެޅުއްވުން އެދެމެވެ.
އީމެއިލުން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން: މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ

15 ޖޫން 2015