ދިވެހިރާއްޖެ
| 
 
 އިޢުލާން  | 
 ނަންބަރ:  | 
 (IUL)421/ESMSED/421/2024/49  | 
| 
 ތާރީޚް  | 
  03 ރަބީޢުލްއާޚިރާ 1446  | 
|
| 
 06 އޮކްޓޯބަރ 2024  | 
ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ
ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ " އޮޕަރޭޝަން ކުރަނގި" ގެ ދަށުން ވާދޫގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން، ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތެއްގެ ހަވާލުގައިވާ ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރުމަށްޓަކައި 2024 އޮކްޓޯބަރ 15 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ.
މިމަސައްކަތް ކުރިއަށްދާނީ 2024 އޮކްޓޯބަރ 06 ން 2024 އޮކްޓޯބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަނދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށް ވާދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް އެފަދަ ފަރާތްތައް ފޮނުއްވާދެއްވުމަށްވެސް ދަންނަވަމެވެ.
މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުވައްޞަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް