ދިވެހިރާއްޖެ
އިޢުލާން
ހެކްސެގަން ބައްޓަމަށް 300 ޕޭވްމެންޓް ގައު އަޅައިދޭނެ ފަރާތެއް ހޯދުމަށް
ކެލާ ކައުންސިލް އިދާރާގެ ބޭނުމަށް ހެކެސެގަން ބައްޓަމަށް 300 (ތިންސަތޭކަ) ޕޭވްމަންޓް ގައު އަޅައިދޭނެ ފަރާތެއް ބޭނުންވެއެވެ. ގައު ހުންނަންވާނީ، ގަލުގެ ދިގުމިނުގައި 230mm އަދި ފުޅާމިނުގައި 200mm އަދި ގަލުގެ ބޯ މިނުގައި 60mm ހުންނަ ގޮތަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށައަޅާ ފޯރމް ދޫކުރުން |
06 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ކެލާ ކައުންސިލްގެ އިދާރާއިން. |
ކޯޓޭޝަން ބަލައިގަތުމަށް ބާއްވާ ބައްދަލުވުން |
10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |