ނީލަން
ނަންބަރު: (IUL)234-B/234/2015/24
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:34
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޒުމް ދޯނި ސިޓީލައި ނީލަމުގައި ވިއްކާލުން

އދ.އަތޮޅު ކައުންސިލް އިދާރާގެ "އަޒުމް" ދޯނި ސިޓީލައި ނީލަމުގައި ވިއްކާލުން

މިއިދާރާގެ ނަންބަރު: ILU)234-B/234/2015/13) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުޅަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަތޮޅުދޯނި "އަޒުމް" ރަޖިސްޓަރީ ނަންބަރު G6279A-02-04-I ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.  

މި ނީލަން ފެށޭ އަގަކީ -/595,000 ރުފިޔާ (ފަސްލައްކަ ނުވަދިހަފަސްހާސް ރުފިޔާ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/10،000 ރުފިޔާ (ދިހަހާސް ރުފިޔާ) އެވެ. ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނަމަވެސް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާނަމަ ހުޅުވާލެވޭ ތާރީޚުން ފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އުޅަނދާބެހޭ މަޢުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް www.adh.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސްތަކުގައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް އަގު ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6680522 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އުޅަނދު ބެއްލެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މިއިދާރާގެ 6680507، 6680039 ނަންބަރު ފޯނާއެވެ.

30 ޝަޢުބާން 1436 

17 ޖޫން 2015