ދިވެހިރާއްޖެ
ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކުޑަހުވަދޫ ކައުންސިލްގެ އިދާރާއާއި ގުޅިގެން ކަނބަލުންނަށް ގެވެހި ސާމާނު ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ކިޔަވައި ދޭނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ( އެމް.އައި.ޓީ ) ގެ ލެކްޗަރާއިންނެވެ.
ވީމާ މިޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކަނބަލުން 2024 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން 9646850 މިނަންބަރަށް ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. މި ޕްރޮގްރާމް ކުރިއަށް ގެނެދެވޭނީ މަދުވެގެން 20 ބައިވެރިން ލިބިގެންނެވެ. ގިނަވެގެން ބައިވެރިކުރެވޭނީ 30 ބައިވެރިންނެވެ. ވީމާ ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތުދެވޭނީ ނަންނޯޓްކުރާ ތަރުތީބުންނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.