ބީލަން
ނަންބަރު: (IUL)400/PRIV/2024/17
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 23:53
ސުންގަޑި: 14 އޮކްޓޫބަރު 2024 12:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު (ލ.މާވަށު ފްޓްސަލް ދަނޑުގެ ޓާރފްބަދަލުކުރުން)

ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަމުގެނަން: ލ.މާވަށު ފްޓްސަލް ދަނޑުގެ ޓާރފްބަދަލުކުރުން

ބީލަން ނަންބަރު: 400/PROJ/2024/11

އިއުލާނުގެ ވަނަ: 01

ލ.މާވަށު ފްޓްސަލް ދަނޑުގެ ޓާރފްބަދަލުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2024 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001

އެކައުންޓް ނަން: 1451 Revenue-1

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ  17 ވާ ބުރާސްފަތި ދުވަހު 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ.މާވަށު ފްޓްސަލް ދަނޑުގެ ޓާރފްބަދަލުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހު 13:30ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9498383 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
03 އޮކްޓޫބަރު 2024