މަސައްކަތް
ނަންބަރު: TENDER/AS/2015/016
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި:
21 ޖޫން 2015 11:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
މި ކުންފުނީގެ އެއަރކޮންޑިޝަނަރ މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2015/014 އަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މިކަމާގުޅޭ މަޢުލޫމާތުޝީޓު މިކުންފުނީގެ ވެބްސައިޓް، aasandha.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 21 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 23 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.
16 ޖޫން 2015