މަސައްކަތް
ނަންބަރު: (IUL)458/458/2024/89
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި:
15 އޮކްޓޫބަރު 2024 10:00
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވީ.އެމް.ވެއަރ ސަޕޯޓް އެންޑް ސަބްސްކްރިޕްޝަން ރިނިއު ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި އޮތޯރިޓީއަށް ވީ.އެމް.ވެއަރ ސަޕޯޓް އެންޑް ސަބްސްކްރިޕްޝަން ރިނިއު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، 15 އޮކްޓޫބަރ 2024 ގެ ހެނދުނު 10:00 އަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ބުރުޒުމަގު، މާލެ) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ކަރުދާސް، ބީލަން ހުށަހަޅާ ގަޑިއާ ހަމައަށް، މި އޮތޯރިޓީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް https://lra.gov.mv/dv/download/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
- 15 އޮކްޓޫބަރު 2024 ގެ ހެނދުނު 10:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ.
- ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު:
|
03 އޮކްޓޫބަރު 2024