ދިވެހިރާއްޖެ
ފޮއްދޫ ޕްރީސްކޫލްގައި ފާޚާނާއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާގެ ނަންބަރ: (IUL)296/296/2024/51 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަގުހުށައަޅުއްވާފައި ނުވާތީ އެޢިއުލާން ބާތިލް ކޮށް މިމަސަކަތް ކޮށްދިނުމަށް އެދި އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 03 އޮކްޓޯބަރ 2024 ފެށިގެން 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ( ކުންފުނީގެ ނަން، ކުންފުނީގެ ވެރިޔާގެ ނަން، ގުޅޭނެ ނަންބަރ އަދި އީމެއިލް އެޑްރެސް ) ހިމަނުއްވާ 9410016 ނަންބަރ އަށް ވައިބަރ ކޮއްދެއްވުން އެދެމެވެ. އަދި މިމަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރ 6560016 / 9410016 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 24 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.