ދިވެހިރާއްޖެ
އިޢުލާން
ބަނދަރުމަތީގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނެގުމާއިބެހޭ:
ރަށުގެ ބަނދަރު ބޭނުންކުރައްވާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށް އުނދަގޫފޯރާފަދަ ގޮތަށް ބަނދަރުގެ އެކިސަރަހައްދުތަކުގައި ބަހައްޓާފައިވާ އެކިފަރާތްތަކުގެ މުދަލާއި ތަކެތި ނުގެންގޮސް ގިނަދުވަސްތަކެއް ވެފައިވާކަން މިކައުންސިލަށް ފާހަގަކުރެވެއެވެ. ބަނދަރުމަތީގައި އެއްވެސް ބާވަތެއްގެ މުދަލެއް ބަހައްޓާނަމަ ބަހައްޓަންވާނީ މިރަށު ބަދަރު ބެލެހެއްޓުމުގެ ޤަވާއިދު 2013/R-804) ( ގެ ދަށުން ކައުންސިލުން ހުއްދަލިބިގެންކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިރަށު ބަނދަރު ސަރަހައްދުގައިހުރި އެކިފަރާތްތަކުގެ މުދަލާއި ތަކެތި، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ހިމެނޭ ގޮތަށް) ނަގައި ސާފުކުރުމަށް ތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެތެރޭގައި އެތަކެތި ބަނދަރު ސަރަހައްދުން ނަގާފައިނުވާނަމަ އެތަކެތިނަގާ ބަނދަރު ސާފުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން މިކައުންސިލުން ކުރާނެ ކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.