ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު މިސްކިތް ބިނާކުރާ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި 10 އޮކްޓޯބަރ 2024 (ބުރާސްފަތި) 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/zZz6KsYzDU
ޕްރީ ބިޑް މީޓިން 10 އޮކްޓޯބަރ 2024 (ބުރާސްފަތި) 10:30 އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 14 އޮކްޓޯބަރ 2024 (ހޯމަ) 10:30 އަށް
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 10 އޮކްޓޯބަރ 2024 (ބުރާސްފަތި) 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.