މަސައްކަތް
ނަންބަރު: (IUL)260-CA/260/2024/124
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 10 އޮކްޓޫބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ އެޅި ގައު ފޯރުކޮށްދިނުން

ތިރީގައި މިދަންނަވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލަށް އެޅި ގައު ގަތުމަށް ބޭނުންވެއެވެ.

            މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަޠު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވިޔަފާރީގެ ނަމުގައި ތައްޔާރުކުރެވިފައިވާ ކޮޓޭޝަންއަކުން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ތައްޔާރުކުރެވިފައިވާ ކޮޓޭޝަންގައި މަސައްކަތްކޮށްދެވޭނެ އަގާއި މުއްދަތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ކައުންސިލަށް ބޭނުންވާ އެޅި ގައު ގަތުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ގައު ގަތުމާ ގުޅޭ މަޢުލޫމާތު

  1. މިމަސައްކަތުގެ ދަށުން 2000 އެޅި ގައު އަޅާ ކައުންސިލުން އަންގާތަނަކަށް ގެންދަންވާނެއެވެ.
  2. ގަލުގެ ސައިޒަކީ 4 އިންޗިއެވެ.
  3. ގާ އެޅުމަށް ބޭނުންކުރަންވާނީ ސާފު ރާޅު (ކަށިވެލި) ދޮންވެއްޔެވެ.
  4. ގާ އެޅުމަށް ސިމެންތި ގަށަންވާނީ 1 ސިމެންތިއަށް 5 ވެލީގެ ރޭޝިއޯއަށެވެ. ( ހަބައިކުޅަ 1 ބައި )
  5. ގާތައް ހުންނަންވާނީ ރަނގަޅަށް ކޮމްޕެކްޓް ކުރެވިފައެވެ.
  6. އެއްވެސް ވަރަކަށް ހަލާކުވެފައިވާ ގަލެއް ޤަބޫލެއް ނުކުރެވޭނެއެވެ.

   

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮކްޓޫބަރު 2024