ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2024/168
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 13 އޮކްޓޫބަރު 2024 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން / ކ.މާފުށި ފަޔަރ ސްޓޭޝަން

ކ.މާފުށީގައި ހުންނަ ފަޔަރ ސްޓޭޝަނަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރމަނުން ބޭނުންވުން.

 

މަގާމު

އޮގްޒިލަރީ ފަޔަރމަން

ބޭނުންވާ ޢަދަދު

6 (ހައެއް)

މުސާރަ

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ

މިނިމަމްވޭޖް އެލަވަންސް

މަހަކު 1,450.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ކ.މާފުށި ފަޔަރ ސްޓޭޝަން

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ގްރޭޑް 8 ނިންމާފައިވުން
  • އިސްކޮޅު 5 ފޫޓް 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި ޢުމުރުން 18 އަހަރުފުރިފައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގައި ދިރިއުޅުން ހަމަޖެހިފައިވާ މީހުންނަށާއި،  މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 - ކުރިމަތިވާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުވައްޒަފުންގެ އިރުޝާދާއެކު އަލިފާން ނިއްވުމުގައި ޢަމަލީގޮތުން ބައިވެރިވުން

- އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހިންގާ ޕްރޮގްރާމުތައް ހިންގުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުވައްޒަފުންނަށް އެހީތެރިވުން.

- ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި ރައްޔިތުންނާ ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.  

       މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އަރާއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލުމުގައާއި ނައްތާލުމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 އޮކްޓޯބަރު 13 އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއައްވަލު 1446

03 އޮކްޓޫބަރު 2024