ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2024/201
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 08 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ޤުރްޢާން މުބާރާތުގެ އޮޑިޝަނުންހޮވޭ ބައިވެރިންނަށް ޤުރްޢާން ފަރިތަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

ރ.އަތޮޅު ޤުރުޢާން މުބާރާތުގައި ބައިވެރިވެ ވުމަށް، ދުވާފަރުގެ ބައިވެރިން ހޮވުމަށް ދުވާފަރުގައި ބާއްވާ އޮޑިޝަނުންހޮވޭ ބައިވެރިންނަށް ޤުރްޢާން އުނގަންނައިދީ ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.                                                       

މިކަމަށް ކުރިމަތިލެއްވޭނީ ދަށްވެގެން ޤާރީލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށެވެ. މިކަމަކީ އުނގަންނައިދިނުމުގެ އިތުރަށް، މުބާރާތަކަށް ބައިވެރިން ތައްޔާރު ކުރުން ކަމަށްވާތީ މިފަދަ ކަންކަމުގެ ތަޖުރިބާހުރި ފަރާތަކަށްވުމަކީ މުހިއްމު ކަމެކެވެ. ޤުރްއާން ކިޔަވައިދީ ފަރިތަކޮށްދޭނެ ފަރާތެއް ހޮވުމުގައި ލިބިފައިވަ ތަޖުރިބާއަށާއި މިރޮނގުން އެންމެމަތީ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ފޯމް ނެންގެވުމަށްފަހު 08 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއިއެކު ތަޢުލީމީ ސެޓްފިކެޓާއި ދރއ.ކާރޑްގެ ސާފު ކޮޕީއަކާއި ތަޖުރިބާ ލިބިލައްވާފައިވާނަމަ ތަޖުރިބާގެ ލިޔުން ހުށަހަޅުއްވަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 އޮކްޓޫބަރު 2024