ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މިކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޅ. ނައިފަރުން ލިބިފައިވާ އިމާރާތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޅ. ނައިފަރު ޕޯސްޓް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ.
އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
2. ޕްރީ ބިޑް މީޓިން:
ތާރީޚް: 13 އޮކްޓޫބަރު 2024 ގަޑި: 13:30
އެޑްރެސް/ތަން: ޅ. ނައިފަރު ޕޯސްޓް އޮފީސް
3. ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:
ތާރީޚް: 22 އޮކްޓޫބަރު 2024 ގަޑި: 13:00
އެޑްރެސް/ތަން: ޅ. ނައިފަރު ޕޯސްޓް އޮފީސް
ނޯޓް:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ ބިޑް މީޓިންގ އަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް