ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުން ކެބިންއެއް ޕާޓިޝަން ޖަހައިގެން ހަދައިދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުގެ ނަންބަރު GS121/IUL/2015/03ފ(17 މާރިޗު 2015) ގައި ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް 17 މޭ 2015 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު GS121/IUL/2015/06 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
އަދަދު |
ޕްރޮޖެކްޓްގެ ނަން |
1 |
ޕްރިންސިޕަލްގެ ކެބިން ޕާޓިޝަން ޖަހައިގެން ހެދުން (ފަރުނީޗަރާއެކު) |
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝަޢުބާން 1436