ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރުު (IUL)385/N04C/2023/1 އިޢުލާނާއިގުޅިގެން ތ. ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތަށް ހުށަހަޅާފައިވާ ބިޑްގައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް މި މަސައްކަތް އަލުން އިޢުލާން ކުރަމެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނސްޓްރޭޝަންގެ އެދި ލެއްވުމުގެ މަތިން ތ. ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮންޕެޓިޓިވް ބިޑިންގ ( އެން.ސީ.ބީ ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފަސްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ބިޑްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުގެ ފައިސާ ބަލައިގަންނާނީ 06 އޮކްޓޯބަރ 2024 އިން 20 އޮކްޓޯބަރ 2024 އަށް، މިއިދާރާގެ ނަންބަރު 7725700487001 އެކައުންޓަށް ޓްރާންސްފަރަކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ ފޯމު މެދުވެރިކޮށް ފޮނުވަންވާނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 06 އޮކްޓޯބަރ 2024 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 20 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
ބިޑްތައް ހުޅުވުން އޮންނާނީ 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:00:00 ގައި ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކް : https://forms.gle/6T7ya4L46jxagaxV7
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ގަނޑުވަރުމަގު / ތ. ދިޔަމިގިލި
ފޯން: 6780004 / 7886649
އީމެއިލް: [email protected]
ވީމާ، މިކަން އާންކޮށް އަންގުމަށްޓަކައި އިޢުލާންކުރީމެވެ.