ނީލަން
ނަންބަރު: J4C-A/2024/06
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 14 އޮކްޓޫބަރު 2024 11:30
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ބައުތަކެތީގެ ނީލަން ކިޔުން

މިކޯޓުގެ ނަންބަރު: J4C-A/2024/05 (12 އޯގަސްޓް 2024) އިޢުލާން އާއިގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ނީލަމުގެ ފުރުސަތު ހުޅުވާލަމެވެ.

          މި ނީލަންކިޔުން  14 އޮކްޓޯބަރ 2024  ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން،ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން           14 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

        30 ރަބީޢުލްއައްވަލް 1446 ހ.

03 އޮކްޓޯބަރ 2024 މ.

03 އޮކްޓޫބަރު 2024