ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2024/73
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 17 އޮކްޓޫބަރު 2024 10:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިއެހެލާ ސަރަޙައްދު ނޫން އެހެން ސަރަހައްދުތަކަށް އެހެލާފައިވާ އުޅަނދުތައް ނެގުމަށް އެންގުން

މިރަށުގައި އޮޑިއެހެލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދު ނޫން އެހެން އިޖްތިމާޢީ ސަރަހައްދު ތަކަށް (ޚާއްސަކޮށް ކުޑަކުދިންނާ ދޮށީ ޢުމުރުފުރައިގެ ބޭފުޅުން މޫދަށް އެރިއުޅޭ ސަރަޙައްދުތަކުގެ އެއްގަމަށް) އުޅަނދުފަހަރު މަރާމާތު ކުރުމަށާއި އެހެނިހެން ބޭނުންތަކަށް އެހެލާފައި ހުންނަކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެނގި ވަޑައިގަންނަވާނޭ ފަދައިން މިފަދަ ސަރައްދުތަކުގައި އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްފިނަމަ، އެ ސަރަހައްދުތަކަށް މޫދަށް އެރި އުޅޭ ފަރާތްތަކާއި، ހިތްހަމަޖައްސާލުމަށް މަޑުކޮށްލާ ފަރާތްތަކަށް ތަފާތު ސިއްޙީ މައްސަލަތައް ކުރިމަތި ވުމަކީ ވަރަށް ގާތްކަމެކެވެ.

ވީމާ، މިރަށުގައި އޮޑިއެހެލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙަދު ނޫން އެހެން ސަރަޙައްދުތަކަށް އެހެލާފައިވާ އުޅަނދުފަހަރު، މިއަދުންފެށިގެން 15 ދުވަސްތެރޭގައި އެ ސަރަޙައްދުން ނެންގެވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނުނަންގަވާ ތަކެތީގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

02 އޮކްޓޫބަރު 2024