ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-C/1/2015/84
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 23 ޖޫން 2015 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
01 ގިތެޔޮ އަދި 05 ބަކަރި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު

މިނިސްޓްރީގެ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް 01 ގިތެޔޮ (ޖަމްނާޕަރީ) އަދި 05 ބަކަރި (02 ޖަމްނާޕަރީ އަދި 03 ބީޓަލް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)30-C/1/2015/74) އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް 2 ފަރާތުން ހާޒިރުވެފައިވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

28 ޖޫން 2015 ވާ އާދިއްތަ ދުވަހުގެ 12:00 އަށް

23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 ޖޫން 2015