މަސައްކަތް
ނަންބަރު: (IUL)411-B/411/2024/32
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 06 އޮކްޓޫބަރު 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫ ވޭސްޓް މެނޭޖްމެންޓު ސެންޓަރ މާރާމަތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 10 އޮކްޓޫބަރު 2024 13:22 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ގއ.ދެއްވަދޫ ވޭސްޓް މެނޭޖްމެންޓު ސެންޓަރ މާރާމަތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އަދި ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ދެއްވަދޫ ވޭސްޓް މެނޭޖްމެންޓު ސެންޓަރ މާރާމަތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 07 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2024ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

 

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:

  • އަގަށް %70 (ހަތްދިހަ އިންސައްތަ)
  • މަސައްކަތުގެ މުއްދަތަށް %20 (ވިހި އިންސައްތަ)
  • މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް (ދިހަ އިންސައްތަ)

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        29 ރަބީޢުލްއައްވަލް  1446 

                        02 އޮކްޓޯބަރ     2024 

02 އޮކްޓޫބަރު 2024