މަސައްކަތް
ނަންބަރު: (IUL)283-BF/283/2024/67
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 10 އޮކްޓޫބަރު 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ޕްރޮގްރާމަށް ބޭނުންވާ ސޮފްޓްވެއާ ޑިވެލޮޕްކުރުން

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުނަދޫ ކައުންސިލްގެ އިދާރާއިން މަގޭ ސާފު ފުނަދޫގެ ނަމުގައި ހިންގަމުންގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމަށް ބޭނުންވާ ސޮފްޓްވެއާރ ޑިވެލޮޕްކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް މި އިޢުލާނާއިއެކު އެއް އުރަ ކުރެވިފައިވާނެއެވެ.‏ ‏
  3. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 09 އޮކްޓޯބަރ 2024 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 10 އޮކްޓޯބަރ 2024 ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  5. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:      7926232

އީމެއިލް:    [email protected]

 

01 އޮކްޓޫބަރު 2024