މުބާރާތް
ނަންބަރު: (IUL)430-BS/430/2024/25
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 10 އޮކްޓޫބަރު 2024 13:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް އިންސާފުކުރާނެ ފަނޑިޔާރުން ހޯދުން

2024ވަނަ އަހަރު މި އެކެޑަމީން ބޭއްވި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތަށް ބައިވެރިން ހުށަހަޅައިފައި ވާ ތަކެއްޗަށް އިންސާފުކުރާން މި އެކެޑަމީން ބޭނުންވެއެވެ. އެހެންކަމުން، އެ މުބާރާތްތަކަށް އިންސާފުކޮށްދޭން ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައި ވާ ގޫގްލް ފޯމު މެދުވެރިކޮށް މި އެކެޑަމީއަށް އެކަން ލިޔުމުން ހުށަހެޅުން އެދެމެވެ.

ފޯމު: https://forms.gle/e2URekrRGLnoHbME9

 

މި ކަމަށް އެދި، ފޯމު ހުށަހަޅާ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބައިވެރިންގެ ވަނަވަރާއި ސެޓުފިކެޓުތަކުގެ ކޮޕީ  ވެސް ގޫގުލް ފޯމާ ހީރަސްކުރަންވާނެއެވެ. މި ކަމަށް އެދޭ ފަރާތްތަކުން 2024 އޮކްޓޫބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ފުރަންވާނެއެވެ.

މި މުބާރާތްތަކަށް އިންސާފުކުރުމުގެ މަސައްކަތް އޮންނާނީ 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ނޮވެންބަރު މަހުގައެވެ.

މި އެކެޑަމީގެ ނަންބަރު: 7986230އަށް ގުޅުން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

02 އޮކްޓޫބަރު 2024