ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2024/298
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 14 އޮކްޓޫބަރު 2024 13:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް 1446"

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މާލެ ސިޓީގެ 6 އަވަށަށް އަމާޒުކޮށް 18 ދާއިރާގަ ތިއްބެވި އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެން ކަނބަލުންނަށް ހާއްސަކޮށް 2023 ވަނަ އަހަރު ދޭން ފެށި  މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް" މި އަހަރުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv/en/downloads މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ފުރުމަށްފަހު މެއިލްކުރައްވާނަމަ ކުރައްވާނީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެއިލް އެޑްރެސް: [email protected] އަށެވެ. މީގެ އިތުރަށް މި އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް (މއ.ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި އޮފީހުން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް ( މއ.ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށް ބަލައިގަންނާނެއެވެ.

"ރަނި އެވޯޑް 2024" ޤަވައިދު ކަރުދާސް މި އިޢުލާން އާއި އެއްކަރުދާސްކޮށްފައިވާނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 14 އޮކްޓޯބަރ 2024 (ހޯމަ) ދުވަހުގެ 13:30 އަށެވެ.

ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮކްޓޫބަރު 2024