މަސައްކަތް
ނަންބަރު: 134-PRO/I/2024/128
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 07 އޮކްޓޫބަރު 2024 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ރަސްއައިން" ގެ ބާވަތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުމެވެ.

"ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ (އަގުއެއް ކުރެވިފައިވާ) ދިވެހި ކާނާގެ ބާވަތްތަކެވެ. މީގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތަށް މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ:

  • ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު
  • ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްޞީލު
  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު
  • ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް

ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ޕްރޮޕޯސަލް ހުށަހަޅަންވީ ތަނާއި ސުންގަޑި:

އީމޭއިލް މެދުވެރިކޮށްނަމަ

[email protected]

ނުވަތަ

މިފްކޯ ހެޑް އްފީސް ކައުންޓަރ އަށް

7 އޮކްޓޯބަރ 2024

މެންދުރުފަހު 02:00ގެ ކުރިން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

01 އޮކްޓޫބަރު 2024