ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)381-A/381/2024/17
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 08 އޮކްޓޫބަރު 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ) ވޭޖް ޕޫލް

އިޢުލާން

                    ކުޑަހުވަދޫ މިސްކިތުގެ މަސައްކަތު މުވައްޒަފުން ވަކިވުމުން ނުވަތަ ޕޭލީވް / ނޯޕޭލީވް ނެގުމުގެ ނުވަތަ، އަހަރީ ޗުއްޓީ އާއި އާއިލީޒިންމާ ޗުއްޓީ ނުވަތަ ސަލާމް ޗުއްޓީ ނަންގަވާ ހާލަތްތަކުގައި ވަގުތީގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް 1 އަހަރު ދުވަހުގެ މުދައްތައް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު: 15  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ )

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕުލޯއިމަންޓް އުސޫލުން 01 އަހަރަށް އެކުލަވާލެވޭ ވޭޖް ޕޫލް

މުސާރަ:

މަސައްކަތް ކުރާގަޑިއަކަށް -/45 ރުފިޔާ (ކައުންސިލް އެސިސްޓެންޓް)

 

ވަޒީފާ އަދާކުރަންޖެހޭތަން:

ދ.ކުޑަހުވަދޫ މިސްކިތްތައް / ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 7 ދުވަސް، ދުވާލަކު 5 ގަޑީއިރު

 

ފެންވަރު ނުވަތަ ޝަރުޠު:        ލިޔަންކިޔަން ދަތުން.

 

މަޤާމުގެ މަސައްޢޫލިއްޔަތު:

1- ކޮންމެ ނަމާދު ވަގުތެއްގައި 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް، އިސްކުރުބަރިއާއި ފާޙާނަ ހުރިނަމަ ފާޚާނަ ސާފުކުރަންވާނެއެވެ. އަދި، ނަމާދުކޮށް ނިމުމުން 15 މިނެޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން.

2- މިސްކިތުގެ ބޭރާއި އެތެރެ ކުނިކަހައި ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކާ މިސްކިތް ސާފު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކުރުން.   ( ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން ) އަދި މަހަކު 1 ފަހަރު ދިޔަދޮވި ސާފުކުރަންވާނެއެވެ.

3- ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތު ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ ވިނަނޮޅާ ކުނިއުކާލުމުގެ މަސައްކަތްކުރުން. އަދި މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން ( މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ، ބޮކި އަދި ހޮޅިބުރި ފަދަ ތަކެތި އެނދުމުން  މިތަކެތި ބަދަލުކުރުން، މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ އިންފާރުން ހަޑިވާތަންތަން ދޮވެ ދަވާދު، ކުލަލާހެދުން ފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން )

4- އީދު ނަމާދު، ކޭތަނަމާދު، ތަރާވީޙްނަމާދު އަދި މިނޫންވެސް ނަމާދެއްކުރުމަށް ކަމާއިބެހޭ އިދާރާއަކުން އަންގައިފިނަމަ އެނަމާދެއް ކުރުމަށް ކަނޑައަޅާތަން ތައްޔާރުކުރުން

5- ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެ މަތީން ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތްކުރުން، އަދި ހޮޅިބުރިތަކާއި ފަންކާތައް އަދި އޭސީތައް ކައުންސިލުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން

 

6- މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ރަށުކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުމާއި، ރަށުކައުންސިލްގެ އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން

7- ހިރަފުސް ދުވަސްވަރެއްގައި ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.

8- މަރުވާމީހުންގެ ޖަނާޒާގެ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި ބައިވެރިވުން.

9- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނަރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

10- ކައުންސިލް އިދާރާގެ މަސައްކަތްތަކަށާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނަރަލަށް ފުރިހަމއަށް ޖަވާބުދާރީވުން.

11- ސިވިލްސާރވިސްގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން

12- ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢާމަލީގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2024 އޮކްޓޯބަރ 10 އާއި 17 އޮކްޓޯބަރ 2024 އާދެމެދު  ކުޑަހުވަދޫ ކައުންސިލް އިދާރާ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2024 އޮކްޓޯބަރ 08 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

3 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

 

މިއިޢުލާނާއި  ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

      

ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1446

                 

01 އޮކްޓޫބަރު 2024