މަސައްކަތް
ނަންބަރު: (IUL)456-ESMSC/456/2024/61
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 16 އޮކްޓޫބަރު 2024 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ލައިސަންސް ޓްރެކެއް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މި ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އޭ-ޒޯން ލައިސަންސް ޓްރެކެއް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުން ފެށިގެން 08 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީ ދެއްކިކަމުގެ ސްލިޕާއެކު މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުނާއި މި އިޢުލާނުގެ ގެޒެޓް އެޓޭޗްމަންޓުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/200 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                        ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

01 އޮކްޓޫބަރު 2024