ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2024/77
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 10 އޮކްޓޫބަރު 2024 22:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ

 

އިޢުލާން

 

ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ

 

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ " އޮޕަރޭޝަން ކުރަނގި"ގެ ދަށުން އަލިފުށީގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. އެހެންކަމުން، ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން ، އެފަރާތެއްގެ ހަވާލުގައިވާ ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރުމަށްޓަކައި 2024 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ.

މިމަސައްކަތް ކުރިއަށްދާނީ 2024 އޮކްޓޯބަރ 01 ން 2024 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:00 އިން 22:00 އަށް އަލިފުށީ ޤުރުއާން ސެންޓަރުގައެވެ. ރަޖިސްޓްރީވުމަށް ބިދޭސީން ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް ފޮނުއްވާދެއްވުން އެދެމެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

01 އޮކްޓޫބަރު 2024