ކުއްޔަށް ދިނުން
ނަންބަރު: (IUL)394/394/2024/92
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 09 އޮކްޓޫބަރު 2024 10:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަންފާ އެޕާޓްމަންޓް ކުއްޔަށް ދިނުމާއި ގުޅޭ

މިކައުންސިލްގެ މަންފާ ގޯތީގައި ހުރި 1 ކޮޓަރީގެ އެޕާޓްމަންޓް 1 އަހަރު ދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

             ކުއްޔަށް ހިފަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 09 އޮކްޓޫބަރ 2024 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                  ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވި ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

09 އޮކްޓޫބަރު 2024 (ބުދަ)

11:00

އަންދާސީ ހިސާބު ހުށަހެޅުން

13 އޮކްޓޫބަރ 2024 (އާދީއްތަ)

10:30

 

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

01 އޮކްޓޫބަރު 2024